ހައިރައިޒް އިން އިންތިޒާމުކޮށްގެން މި ސަރަހައްދުގައި، ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް، ސައުތު އޭޝިއަން ޓުރެވަލް އެވޯޑްސް (ސަޓާ)ގެ ރަސްމިއްޔާތު މިއަހަރު ސްރީލަންކާގެ ގޯލް ފޯޓް ކައިރީ އޮންނަ އަމާރީ ގޯލް ހޮޓެލް ގައި ބާއްވަން ނިންމައިފި އެވެ.
އަމާރީ ގޯލް ހޮޓަލުގައި 172 ކޮޓަރި އާއި ރޫފްޓޮޕް ބާއަކާއި ޕޫލެއްގެ އިތުރުން ކިޑްސް ކުލަބު އަދި އިތުރު ގިނަ ވަސީލަތްތަކެއް ހިމެނެ އެވެ.
ގުދުރަތީ މުއްސަނދިކަމާއި ފެހިކަމާއި، އާރކިޓެކްޗާގެ ތަފާތު ރީތި މަސައްކަތްތަކުން އަމާރީ ގޯލް ހޮޓާ ވަނީ ހިޔާލަށް ނުގެނެވޭހާ ޒީނަތްތެރިކޮށްފައެވެ. އަމާރީ ގޯލް ހޮޓަލުގެ ވަށައިގެން ވާ ގުދުރަތީ ރީތި މަންޒަރުތައް ވަރަށް ފުރިހަމަ އެވެ. އެހެން ކަމުން މި އެވޯޑު ހަފުލާ އަމާރީގައި ބޭއްވުމުގެ ސަބަބުން ސަބަބުން، އާ ތަންތަން ފެނުމުގެ އިތުރުން އާ މާހައުލެއްގައި އެކި ސަގާފަތްތައް ތަޖުރިބާ ކުރުމަށް ލިބިގެންދާނެ ފުރުސަތެކެވެ.
ހައިރައިސްގެ ފަރާތުން ބުނި ގޮތުގައި ސަޓާ އެވޯޑްސް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަނީ ވަކި ގައުމެއްގައެވެ. އެގޮތުން މިދިޔަ އަހަރުގެ މި ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ތާޖްމަހަލް ހޮޓަލުގައެވެ.
ސަޓާ އެވޯޑު އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ މި އެވޯޑަކީ ސައުތު އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ޖަމިއްޔާތަކުން ވެސް އެންޑޯޒްކޮށްފައިވާ އެވޯޑެކެވެ.
މިއަހަރުގެ ސަޓާ އެވޯޑުގެ ރާއްޖޭގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ