ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ސިޓީ ސްކޮޔާ އިމާރާތަށް ބަދަލުކޮށްފި އެވެ.
ކުރީން މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ހިންގަމުން ދިޔައީ ވަގުފު ބިލްޑިންގައި ނަމަވެސް މިއަދުން ފެށިގެން ޓިކެޓިން އޮފީސް ހުންނަ ސަރަހައްދު ވަނީ ޗާންދަނީ މަގުގައި ހުންނަ ސިޓީ ސްކޮޔާ އިމާރާތުގެ ތިރީ ފަންގިފިލާއަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން ކޯލް ސެންޓަރުގެ ހިދުމަތް ވެސް މިހާރު ވަނީ ސިޓީ ސްކޮޔާ އަށް ބަދަލުކޮށްފަ އެވެ.
މޯލްޑިވިއަން އިން ރާއްޖޭގެ ޖުމްލަ 11 އެއާޕޯޓަކަށް ދަތުރުތައް ކުރެއެވެ.