ހޮލީވުޑް

އެވެންޖާސް 4 ގެ ޓްރައިލާ މިމަހު ރިލީސްކުރަނީ

އެވެންޖާސް 4 ގެ ޓްރެއިލާ މިމަހު ރިލީސްކުރާނެ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ. މާވެލް ސްޓޫޑިއޯ އިން ހަދާ އެވޭންޖާސް ގެ ފިލްމް ތަކަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ފިލްމް ސީރީސް އެކެވެ.

މާވެލް ސްޓޫޑިއޯގެ ރައީސް ކެވިން ފެއިޖް ވަނީ މީގެ ކުރިން އެ ފިލްމްގެ ޓްރެއިލާ މިއަހަރު ނިމުމުގެ ކުރިން ރިލީސް ކުރާނެ ކަމަށް ބުނެފައެވެ.

ރަޝިއާގެ ސޯޝަލް މީޑިއާ ސައިޓެއް ކަަމަށްވާ ވީކޭ ޑޮޓް ކޮމް ގައި ބުނެފައިވާ ގޮތުގައި އެވެންޖާސް 4 ގެ ޓްރައިލާ ގައި ބޭނުންކޮށްފައިވާ މިއުޒިކަކަށް ވާނީ ޓުވެލް ޓައިޓަންސްގެ ލަވަ "ޑަސްޓް އެންޑް ލައިޓް' އެވެ. މި ލަވަ އަކީ ޕީޓާ ޖެކްސަންގެ "ދަ ހޮބިޓް ޓްރިލޮޖީ، ދަ ބެޓެލް އޮފް ދަ ފައިވް އާމީސް" ގެ ޓްރެއިލާގައި ވެސް ބޭނުން ކޮށްފައިވާ ލަވައެކެވެ.

އެ ޕޯސްޓްގައި އިތުރަށް ބުނެފަވާ ގޮތުގައި ފިލްމްގެ ނަމަކަށް ވާނީ "އެވެންޖާސް: އެނިހިލޭޝަން" އެވެ.

އެވެންޖާސް 4 ރިލީސް ކުރަން ހަމަޖެހިފައި އޮތީ އަންނަ އަހަރު މެއިގައެވެ.