އެޗްޑީސީ

ގިނަ ހިދުމަތްތަކާއެކު "މައި ހުޅުމާލެ" ތައާރަފުކޮށްފި

ފަތޯނާ ފާއިޒު

2

ހުޅުމާލޭގައި އިމާރާތްކުރުމާއި ގުޅޭގޮތުން ނަގަން ޖެހޭ އެކިއެކި ހުއްދަތައް އޮންލައިންކޮށް ލިބޭނެ ޕޯޓަލްއެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ތައާރަފުކޮށްފިއެވެ.

އެގޮތުން "މައި ހުޅުމާލެ" މިނަމުގައި ތައާރަފުކުރި މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެޕޯޓަލް މެދުވެރިކޮށް، އެޗްޑީސީން ދޭ މުނިސިޕަލް ހިދުމަތްތަކަށް އެދުމުގެ އިތުރުން ހިދުމަތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ ޕޯޓަލް ތައާރަފު ކުރީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ ޕޯޓަލްގެ ހިދުމަތާއެކު އެޗްޑީސީ މެދުވެރިކޮށް އެދޭ އެކި އެކި ހުއްދަތައް ވެސް ޕްރިންޓްކުރެވޭ ގޮތަށް ޑިޖިޓަލްކޮށް ލިބިގެންދާނެ ކަމަށާއި އެ ހުރިހާ ހިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ވެސް ދެއްކޭނެ ކަމަށެވެ.

އޭގެ އިތުރުން ޕޯޓަލުގައި ހުޅުމާލޭގެ ޗާޓު ވެސް ހިމަނާފައިވާއިރު އެ ޗާޓުން ހުޅުމާލެއިން އެމީހަކު ބަލައިލަން ބޭނުންވާ ތަނެއް ބަލައިވެސްލެވޭނެ އެވެ. އަދި ޗާޓުގައި ސެންޓްރަލް ބަސް އަދި މާލެ ހުޅުމާލެ ބަސް ރޫޓުވެސް ހިމަނާފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟