ޗައިނާގެ ވޯޓާ ޕާކެއްގައި ބޮޑު ރާޅެއް އުފެދި 44 މީހުން ޒަހަމްވެއްޖެއެވެ.
މިހާދިސާ ހިނގަފައިވަނީ ޗައިނާގެ ލޯންގްޖިން ސިޓީގައި ހުންނަ ޔޫލޮންގް ޝިއުން ވޯޓާ ޕާކްގެ ސުނާމީ ޕޫލްގައި ރާޅު އުފެއްދުމަށް ބޭނުންކުރާ ސިސްޓަމް އަށް ދިމާވި މައްސަލައެއްގައި އުފެދުނު ބޮޑު ރާޅުގެ ސަބަބުންނެވެ.
އެ ބޮޑު ރާޅު އަރައިގެން އައިއިރު ޕޫލުވަނީ މީހުން ގިނަވެ ފުރިފައެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުން ރާޅު އެރުމާއެކު މަދު ސިކުންތު ކޮޅެއްގައި ޕޫލުގައި ތިބި އެންމެން ފުނިޖެހި ރާޅުގެތެރެއަށް މަސްހުނިވެގެންދެއެވެ.
ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިހާދިސާ ތަހުގީގު ކުރަން ފަށާފައިވާއިރު، މިހާތަނަށް ބެލިބެލުމުން މިހާދިސާ ހިނގަން މެދުވެރިވެފައިވަނީ ރާޅު ކޮންޓްރޯލްކުރާ މެޝިނުގެ ކޮންޓްރޯލް ރޫމްއަށް ދިމާވި ކަރަންޓު މައްސަލައަކުންކަމަށްވަނީ އެނގިފައެވެ.
ޔޫލޮންގް ޝިއުން ވޯޓާ ޕާކްއަކީ އެސަރަހައްދުގައި ހުންނަ އެންމެ ބޮޑު ވޯޓާ ޕާކް އެވެ،