އެމްއެންޑީއެފް

ޓެންސްޓާގޭގައި ރޯވި އަލިފާން ނިއްވާލައިފި

ސޯސަންމަގުގައި ހުރި ހ. ޓެންސްޓާގޭގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ. ޓެންސްޓާގޭގެ ޓެރަސްގައި ހަދާފައިވާ ކުޑަ ގެގަނޑެއްގައި ކަމަށެވެ.

މިހާދިސާ ހިނގީ ޖެހިގެންހުރި ގޭގައި ފެންސްޖަހަށް ވެލްޑިން ކުރަނިކޮށް، ވެލްޑިން ކަނިތަކެއް އެގޭގެ ތެރެއަށް ވެއްޓިގެންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޓެންސްޓާގޭގައި އަލިފާންރޯވެފައިވާކަން ސަމާލުކަމަށް ގެނައީ އެ މަގުމަތިންދިޔަ ބަޔަކަށް ފެނިގެން އެމީހުންނެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 11:11 ގައި ކަމަށާއި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވައިލީ މިއަދު 11:35 ގައި ކަމަށެވެ.

އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.