ސޯސަންމަގުގައި ހުރި ކެކްޓަސްއާ ޖެހިގެން ހުރި އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވީ ސޯސަންމަގުގައި ހުރި ހ. ޓެންސްޓާ ގޭގެ ހަވަނަ ފަންގިފިލާގައި ހަދާފަހުރި ކުޑަ ގެގަނޑެއްގައި ކަމަށެވެ.
އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 11:11 ގައި ކަމަށާއި އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެހާދިސާހިނގުމުން ސިފައިންގެ ފަޔާ އެންޑް ރެސްކިއު އެސަރަހައްދަށްގޮސް އަލިފާން ނިއްވުމަށްކުރި މަސައްކަތުން، އަލިފާން ގަނޑު ކޮންޓްރޯލްކޮށް 11:35 އެހާކަންހާއިރު އަލިފާން ނިއްވާލެވުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.