އިންޑޮނޭޝިއާގެ ސުމާތުރާ އަދި ޖާވާއަށް އައި ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު ނެރެފިއެވެ.
ދަ ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި، ހަތެއް މެގްނިޓިއުޑުގެ އެ ބިންހެލުން އައިސްފައިވަނީ ބިމުގެ އަޑިން 59 ކިލޯމީޓަރު އަޑިއަށެވެ.
މި ބިންހެލުމާއެކު އިންޑޮނޭޝިއާގެ ޑިޒާސްޓަރ މިޓިގޭޝަން އެޖެންސީން ވަނީ އައްސޭރި ފަށުގައި އުޅޭ ރައްޔިތުން ބިން އުސް ހިސާބުތަކަށް ވަގުތުން ދިއުމަށް އަންގައިފައެވެ.
ބިންހެލުން އައުން އާންމު އިންޑޮނޭޝިއާއަށް މިއަދު އައި ބާރުގަދަ ބިންހެލުމާއެކު އެއްވެސް ތަނަކަށް ނުވަތަ މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ. ނަމަވެސް ބިންހެލުމުގެ ލޮޅުމުގެ އަސަރު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށް ވެސް ވަނީ ކޮށްފައެވެ.
އިންޑޮނޭޝިއާގެ ދެ ސިޓީއަކަށް އައި ބިންހެލުމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސެންޓަރުން ބުނީ، ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދުނު ނަމަވެސް އެކަމުގެ ނުރައްކަލެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.