ބެންކޮކްގައި އެއްޗެހިތަކެއް ގޮއްވާލުމުގެ ސަބަބުން ބެންކޮކްގައި ތިބި ދިވެހިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ތައިލޭންޑްގައި ހުންނަ ދިވެހި އެމްބަސީއިން އެދިއްޖެއެވެ.
ތައިލޭންޑުގައި ހުންނަ ދިވެހި އެމްބަސީއިން ބެންކޮކުގައި ތިބި ދިވެހިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެދިފައިވަނީ މިއަދު މެންދުރު ކުރި ޓުވީޓެއްގައެވެ. އެގޮތުން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅުމުގެ އިތުރަށޤ އަބަދުވެސް ޕާސްޕޯޓު ހިފައިގެން އުޅުމަށް އެމްބަސީއިން އިލްތިމާސްކުރެއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ބެންކޮކްގެ އެކި ސަރަހައްދުގައި ބޮން ގޮއްވާލާފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ބެންކޮކްގެ އެކި ސަރަހައްދު ތަކުގައި ހަ ބޮމެއް ގޮއްވާލާފައިވެއެވެ. މިކަމާ ގުޅިގެން ތައިލޭންޑްގެ ސަރުކާރުން ބެންކޮކްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، އާންމުން މި ހަމަލާއާ ގުޅިގެން ބިރު ނުގަތުމަށް ތައިލޭންގެ ސަރުކާރުން އެދެފައިވެއެވެ.
މިހާތަނަށް މި ހަމަލާތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.