ކަނޑުމަތީގެ ހާދިސާތައް

މާފިލާފުށީގައި ތެޔޮ ބޯޓާކާއި މުދާ އުފުލާ ބޯޓެއް ޖެހި އެކްސިޑެންޓް ވެއްޖެ

އާނިފާ ހުސެއިން ސިރާޖް

ޅ.މާފިލާފުށީގައި ތެޔޮ ބޯޓާކާއި މުދާ އުފުލާ ބޯޓެއް ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މައުލޫމާތު ލިބިފައި ވަނީ ރޭ ދަންވަރުގެ 00:44 ހަާއިރު ކަމަށެވެ.

މި އެކްސިޑެންޓް ގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެކްސިޑެންޓް ވި ބޯޓާއި ދޯނީގެ އަރިމަތީ ފަށްގަނޑު ވަނީ ހަލާކުވެފައިކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.