ސިޔާސީ

ވެއްޓެން ކައިރިވެފައި ހުރި ގޮފިގަނޑެއް އެމްއެންޑީއެފުން ނަގައިފި

ފަތޯނާ ފާއިޒު

ސަލްޓަން ޕާކުގައި ހުރި ބޮޑު ގަހެއްގައި ހަލާކުވެ، ވެއްޓެން ކައިރިވެފައި ހުރި ގޮފިގަނޑެއް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ނަގައިފިއެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ މީހަކަށް އަނިޔާއެއް ނުލިބެނީސް އެމްއެންޑީއެފުން އެ ގޮފިގަނޑު ނެގި ކަމަށްޓަަކައި، އެމްއެންޑީއެފަށް ތައުރީފު ކުރައްވާފައެވެ.

ޝިފާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ވަސީލަތްތައް ނެތް ތަންތަނަށް، ހުރި ވަސީލަތެއްގެ އެހީ އެހާ އަވަހަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޝިފާ ވިދާޅުވީ އެގޮފިގަނޑު ވެއްޓި މީހަކަށް އަނިޔާއެއް ނުލިބެނީސް އެ ނެގި ކަމަށްޓަކައި އެމްއެންޑީއެފަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޝިފާގެ ޓުވީޓުގައި ވަނީ، އިންސާނުންގެ ފުރާނަ އަކީ ބިލިއަނުން ހަދާ އިމާރާތަކަށްވުރެ އަގުހުރި އެއްޗެއް ކަމަށް ވިދާޅުވެފައެވެ.

ޝިފާ ކުރެއްވި ޓްވީޓާ ގުޅިގެން ބައެއް އާއްމު ރައްޔިތުން ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. އެގޮތުން ސަލްޓަން ޕާކުގައި ހުރި ގޮފިގަނޑު ނެގި ގޮތަށް، މާލޭގައި ވެއްޓެން ކައިރިވެފައި ހުރި އިމާރާތްތައްވެސް އެމްއެންޑީއެފްގެ އެހީގައި ނަގައިދޭން މީހަކު އެދިފައިވެއެވެ.