ހދ.ހަނިމާދޫ އާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވިއަންއިން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަންއިން ބުނެފައިވާ ގޮތުގައި މިހާރު އަންނަނީ މިކަމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
އެގޮތުން ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޝެޑިއުލް އިއުލާން ކުރެވޭވަރު ވާނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.
ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިޔާގެ ފަތުރުވެރީންނަށް ރާއްޖެއަށް އައުމުގެ ފަސޭހަ ފުރުސަތުތަކެއް ހޯދައިދައިދިނުން ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
ބައިނަލްއަގުވާމީ އިތުރު މަންޒިލްތަކަށް ވެސް އަވަސް މުސްތަގުބަލެއްގައި ދަތުރުތައް ފަށަން މޯލްޑިވިއަންއިން އަންނަނީ ތައްޔާރުވަމުން ކަމުގައި އެފަރާތުން މައުލޫމާތުދެއެވެ. އެގޮތުން އިންޑިއާގެ އިތުރު ސިޓީތަކަށާއި ސްރީލަންކާގެ ކޮލަމްބޯއަށްވެސް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ އެއާލައިނުން ބުނެ އެވެ.