ސިޔާސީ

އިލެކްޝަންސް ކޮމިޝަނުގެ "ބޮޑު ވާހަކަ" އެބަ ލިޔަން: ޝުޖާއު

ފަތޯނާ ފާއިޒު

1

އިލެކްޝަންސް ކޮމިޝަނުގެ "ބޮޑު ވާހަކަ" ލިޔުއްވަމުން ގެންދަވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ޓެގު ކުރައްވައި، ޝުޖާއު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދައްކަވާ ވާހަކަފުޅުތަކުގެ މައްޗަށް ބިނާކޮށް ކުރުވާހަކައެއް ލިޔެ، ވާހަކަ މުބާރާތުގައި ބައިވެރި ކުރުވަން ރަނގަޅުވާނެ ކަމަށް ޝަރީފު ވިދާޅުވުމާ ގުޅިގެންނެވެ.

ޝުޖާއު ކުރެއްވި ޓްވީޓް: އީސީގެ ބޮޑު ވާހަކަ ލިޔުއްވާ ކަމަށް ވިދާޅުވި.

ދަ ޕްރެސް ނޫހުގައި ކުރީގެ ރައީސް ޔާމީނާ ހަވާލާދީ ބުނެފައިވަނީ، 2018 ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވަން ދަތި ކަމަށެވެ. އެ ހަބަރާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ އިތުރުން، އެކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމްވެސް ވަނީ ރައީސް ޔާމީނަށް ރައްދު ދެއްވާފައެވެ.

އެގޮތުން، އަކްރަމް ވިދާޅުވީ، އީސީއިން ވޯޓުތަކުގެ ނަތީޖާ އިއުލާނު ކުރަނީ، ރައްޔިތުން ވޯޓުދޭ ގޮތަށް ބަލައިގެން ކަމަށާއި ތަންތަނަށް އެއްވާ މީހުންނަށް ބަލައިގެން ނޫން ކަމަށެވެ.

އީސީގެ ރައީސްއާއި ތަރުޖަމާނު، ރައީސް ޔާމީނަށް ދެއްވި ރައްދާއެކު، އިދިކޮޅު ފަރާތްތަކުގެ ބަހުގެ ހަމަލާތައް އެދެބޭފުޅުންނަށްވެސް ވަނީ އަމާޒުވެފައެވެ. 

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟