ދުނިޔެ

ރީސައިކަލްޑް އިލެކްޓްރޯނިކްސް ބޭނުންކޮށްގެން 2020 ގެ އޮލިމްޕިކްސްއަށް ޖަޕާނުން މެޑަލް ތައްޔާރުކޮށްފި

މަރިޔަމް ޝަހުދާ

ޖަޕާނުގެ ޓޯކިޔޯގައި 2020 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓޯކިޔޯ އޮލިމްޕިކްސް އެންޑް ޕެރައޮލިމްޕިކްސް 2020 އަށް 80،000 ޓަނާ ގާތްކުރާ އަދަދަކަށް ރީސައިކަލްޑް އިލެކްޓްރޯނިކްސް ބޭނުންކޮށްގެން މެޑަލް ތައްޔާރުކޮށްފިއެވެ.

ބިޒްނަސް އިންސައިޑާއިން ރިޕޯޓު ކުރާ ގޮތުގައި މި މުބާރާތަށް ރަން މެޑަލް، ރިހި މެޑަލް އަދި ލޯ މެޑަލް ތައްޔާރު ކުރުމަށް 78،985 ޓަނުގެ ރީސައިކަލްޑް އިލެކްޓްރޯނިކްސް ބެނުންކޮށްފައިވެއެވެ. އެގޮތުން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ރީސައިކަލްޑް ފޯނު ކަމަށް ޓޯކިޔޯ 2020 މެޑަލް ޕްރޮޖެކްޓާ ހަވަލާދީ ބިޒްނަސް އިންސައިޑާގައި ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން 80 ޓަނާއި ގާތްކުރާ އަދަދަކަށް އިލެކްޓްރޯނިކް ސާމާނު އެއްކޮށްގެން 32 ކިލޯގެ ރަން، 3500 ކިލޯގެ ރިހި އަދި 2200 ކިލޯގެ ލޯ، މެޑަލް ހެދުމަށް އެއްކުރެވިފައިވާ ކަމަށް ބިޒްނަސް އިންސައިޑާ އިން ރިޕޯޓު ކުރެއެވެ. މިއީ ދެ އަހަރު ދުވަހުން ޓޯކިޔޯ 2020 މެޑަލް ޕްރޮޖެކްޓުން އެއްކޮށްފައިވާ އެކި އިލްކެޓްރޯނިކް ސާމާނުން ލިބުނު ވަރެވެ. އަދި މިހާރު ރީސައިކަލް ކުރެވިފައިވަ މިންވަރުން 5000 އޮލިމްޕިކްސް އަދި ޕެރައޮލިމްޕިކްސް މެޑަލް ތައްޔާރު ކުރެވޭނެ ކަމަށް ލަފާ ކުރެވޭކަމަށް ޓޯކިޔޯ 2020 މެޑަލް ޕްރޮޖެކްޓާ ހަވަލާދީ ބިޒްނަސް އިންސައިޑާ އިން ބުނެއެވެ.