ދުނިޔެ

ޓިއުނީޝިއާގެ ރައީސް އަވަހާރަވެއްޖެ

މަރިޔަމް ޝަހުދާ

ޓިއުނީޝިއާގެ ރައީސް ބެޖީ ކައިދް އެސެބްސީ އަވަހާރަވެއްޖެ އެވެ.

މިއަދުގެ ވަގުތެއްގައި ޓިއުނީޝިއާގެ ރައީސް އަވަހާރަވެފައިވަނީ ޓިއުނިސް މިލިޓަރީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

އޭނާ އަވަހާރަވެފައިވަނީ ބަލިހާލަތުގެ ސަބަބުން ޖޫން މަހުން ފެށިގެން ހަސްފަލާތުގައި ފަރުވާދެމުން އަންނަނިކޮށެވެ. އަލްޖަޒީރާ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ އަވަހާރަވެފައިވަނީ މިއަދު އައިސީޔޫއަށް ބަދަލުކުރި ފަހުންނެވެ.

ޓިއުނީޝިއާގެ ބޮޑުވަޒީރު ކަމަށް 2011 ވަނަ އަހަރު ބެޖީ ކައިދް އެސެބްސީ ހޮވާފައިވަނީ ޓިއުނީޝިއާގެ ވެރިކަން ގިނަ ދުވަސް ވަންދެން ކުރި ޒައިން އަލް އަބިދައިން ބެން އަލީ މަގާމުން ދުރުކުރުމަށްފަހު އެވެ. އޭނާ ޓިއުނީޝިއާގެ ރައީސް ކަމަށް އައްޔަންކޮށްފައިވަނީ އޭގެ ތިން އަހަރު ފަހުންނެވެ.