ސިޔާސީ

ހޫދު، އުމަރަށް ރައްދު: މި ސަރުކާރުން ނޮވެމްބަރު ތިނެއް ފާހަގަ ކުރާނެ

ފަތޯނާ ފާއިޒު

1

މި ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަ ކުރާނެ ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ރައްދު ދެއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އެހެން ވިދާޅުވީ، މި ސަރުކާރުން ނޮވެމްބަރު ތިނެއް ފާހަގަ ނުކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވުމާއި ގުޅިގެންނެވެ.

ވަންއޮންލައިންއާ ވާހަކަ ދައްކަވަމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މިއަދު ވިދާޅުވީ، ނަސްރުގެ ދުވަހަކީ ބަންދު ދުވެހެއް ކަމަށާއި، ކުރީގެ ސަރުކާރުތަކުންވެސް އަމަލު ކުރަމުން އައި ގޮތަށް މި ސަރުކާރުންވެސް އެދުވަސް ފާހަގަ ކުރާނެ ކަމަށެވެ.

ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އުމަރު ވިދާޅުވެފައިވަނީ މި ސަރުކާރުން، ބާޣީ އަބްދުﷲ ލުތުފީއަށް ސްރީލަންކާގައި ހިމާޔަތް ދިން ކަމަށާއި، 19 ދިވެހިންގެ ލޭ އޮހޮރުވާލުމުގައި ބައިވެރިވި މީހަކު އެމްބަސީގައި އިއްޒަތުގައި ބެހެއްޓިއިރު، ނަސްރުގެ ދުވަސް ފާހަގަ ނުކުރާނެ ކަމަށެވެ.

އަދި އަނިޔާވެރި ކަމާއި ދެކޮޅަށް ނުކުމެ، ވެރިކަން ހޯދި ބަޔަކު އެންމެ ބޮޑު އަނިޔާވެރިޔާ އެމްބަސީގައި ފޮރުވީ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟