ސިޔާސީ

އުމަރު އަނެއްކާވެސް އިދިކޮޅު ފަރާތްތަކާ ބައްދަލުކުރަނީ

ފަތޯނާ ފާއިޒު

އިދިކޮޅު ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ބައްދަލުވުމެއް ބާއްވަން އިދިކޮޅުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ލީޑަރު، އުމަރު ނަސީރު ނިންމަވައިފިއެވެ.

ކުރީގެ ހޯމް މިނިސްޓަރ އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ 9:00ގައި އޯކިޑްމަގުގައި ހުންނަ ސަލްސާ ރޯޔަލްގައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ސިފައިންވި ގުރުބާނީއާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައާއި، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ކުރާ އަސަރުތަކާ ގުޅޭ ގޮތުން، ބައިވެރިންނާ މުހާތަބުކޮށް ވާހަކަދައްކަވާނެ ކަމަށްވެސް އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓް