ދުނިޔެ

ލަންކާގެ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް އެގައުމުގެ އިލެކްޝަނުން އާންމުކޮށްފި

މަރިޔަމް ޝަހުދާ

ސްރީލަންކާގެ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް އެގައުމުގެ އިލެކްޝަން ކޮމިޝަނުން އާންމުކޮށްފިއެވެ.

ލަންކާގެ ބީބީސީ ރިޕޯޓަރެއް ކަމަށްވާ އައްޒާމް އަމީމް ލަންކާގެ އިލެކްޝަން ކޮމިޝަނާ ހަވާލާދީ ކުރި ޓުވީޓެއްގައި ވަނީ މިއަރު ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދެމެދު ރިޔާސީ އިންތިހާބު ބޭއްވުމަށް އިލްކެޝަނުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރު ނުވެމްބަރު 15 އާއި ޑިސެމްބަރު ހަތަކާ ދެމެދު ޔަގީނުންވެސް ލަންކާގެ ރިޔާސީ އިންތިހާބު ބާއްވާނެކަމަށް އިލެކްޝަނުން ބުނާ ކަމަށް އައްޒާމް ބުނެއެވެ.

ލަންކާގެ ގާނޫނުން ބުނާގޮތުންނަމަ ވެރިކަމުގައި ހުންނަ މީހެއްގެ ދައުރު ނިމުމުގެ އެއްމަސް ކުރިން ރިޔާސީ އިންތިހާބު ބާއްވަން ޖެހެއެވެ. ލަންކާގެ މިހާރުގެ ރައީސް މައިތިރިޕާލަ ސިރިސޭނާގެ ދައުރު ފެށިފައިވަނީ 2015 ވަނަ އަހަރު ޖެނުއަރީ 9 ގައެވެ. އެހެން ކަމުން މިއަހަރު ޑިސެމްބަރު 9ގެ ކުރިން ލަންކާގެ ރިޔާސީ އިންތިހާބު ބާއްވަން އެގައުމުގެ ގާނޫނުން ލާޒިމް ކުރެއެވެ.