ސައުތު އޭޝިއާ ސަރަޙައްދުގައި 2016 އިން ފެށިގެން ޓްރެވެލް އެންޑް ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ އެންމެ ޙާއްސަ އެވޯޑް، ސަޓާގެ މިއަހަރުގެ އެޑިޝަން ކާމިޔާބުކަމާއެކީ ނިންމާލައިފިއެވެ. މުމްބާއީގެ ތާޖު މަހަލް ޕެލެސް ގައި ބޭއްވިގެންދިޔަ ހަފްލާގައި ތަފާތު 36 ކެޓަގަރީއަކަށް ވަނީ އެވޯޑް ދީފައެވެ.
ސަޓާގެ މިއަހަރު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަހަރު އޭޕްރިލްއާ ހަމައަށް ހުޅުވާލެވުނުއިރު 500 އަށް ވުރެން ގިނަ އަދަދެއްގެ ނޮމިނޭޝަން ލިބިފައިވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަބަޔަކު ނޮމިނޭޓުކުރި ފަހަރުކަމަށް ސަޓާއިން މަޢުލޫމާތުދެއެވެ. ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ނޭޕާލް އަދި ބޫޓާން އިން ވަނީ ނޮމިނޭޝަންތައް ލިބިފައިވާކަމަށް ސަޓާއިން ބުނެއެވެ. އަދި އޮންލައިން ވޯޓިން ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ ކަމަށް ވެސް ސަޓާއިން މައުލޫމާތު ދިނެވެ.
މިއަހަރުގެ އިވެލުއޭޝަން ބާއްވާފައިވަނީ ނަންތައް ނޮމިނޭޓް ކޮއްފައިވާ ގައުމުތަކުގެ މަަަަަަަަަަަަަަަަަަަަަަަަަަަަަަަޝްހޫރު ސިޓީތަކުގައެވެ. އިވެލުއޭޝަން ޓީމުގައި ހިމެނެނީ ސްރީލަންކާ، އިންޑިއާ އަދި ދިވެހިރާއްޖޭގެ ބޭފުޅެކެވެ.
ސަޓާ 2018 ގައި ދިވެހި ރާއްޖެއިން އެވޯޑް ލިބުނު ފަރާތްތައް:
- ގެސްޓް ހައުސް އެންޑް ޓުއަރިސްޓު އިންސް
ރިވަރީސް ޑައިވިންގ ވިލެޖް - ސިލްވަރ އަދި ގޯލްޑް އެވޯޑް
- ލީޑިންގ އެކްޓިވިޓީ/ވޯޓަރ ސްޕޯރޓްސް
ބެސްޓް ޑައިވްސް - ސިލްވަރ އަދި ގޯލްޑް އެވޯޑް
- ލީޑިންގ އެޑްވެންޗަރ ސްޕޯޓްސް ޕްރޮވައިޑަރ
އެކްސްޓްރީމް މޯލްޑިވްސް - ސިލްވަރ އަދި ގޯލްޑް އެވޯޑް
- ލީޑިންގ އެއާޕޯޓް ހޮޓެލް
ހުޅުލެ އައިލެންޑް ހޮޓެލް - ސިލްވަރ އަދި ގޯލްޑް އެވޯޑް
- ލީޑިންގ އޯލް އިންކްލޫސިވް ހޮޓެލް/ރިސޯޓް
އަދާރަން ޕްރެސްޓީޖް ވާދޫ - ސިލްވަރ އެވޯޑް
- ލީޑީންގ ބޮޓިކް ހޮޓެލް
ޕްލުމީރިއާ މޯލްޑިވްސް - ސިލްވަރ އެވޯޑް
- ލީޑިންގް ބިޒްނަސް ހޮޓެލް
ހުޅުލެ އައިލެންޑް ހޮޓެލް - ސިލްވަރ އެވޯޑް
- ލީޑިންގ ސީއެސްއާރު ޕްރޮގްރާމް
ކޮކޯޕާމް ދުނިކޮޅު - ސިލްވަރ އެވޯޑް
- ލީޑިންގ ޑިޒައިނާ ހޮޓެލް/ރިސޯޓު
ކޮކޫން މޯލްޑިވްސް - ސިލްވަރ އަދި ގޯލްޑް އެވޯޑް
- ލީޑިންގ ޑައިވް ސެންޓަރ
ޑައިވް އޯޝޭނިއަސް - ސިލްވަރ އަދި ގޯލްޑް އެވޯޑް
- ލީޑިންގ ޑައިވް ހޮޓެލް/ރިސޯޓް
އަދާރަން ސެލެކްޓު މީދުއްޕަރު - ސިލްވަރ އަދި ގޯލްޑް އެވޯޑް
- ލީޑިންގ ޑޮމެސްޓިކް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެއަރ
އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް - ސިލްވަރ އަދި ގޯލްޑް އެވޯޑް
- ލީޑިންގ އެކޯ ހޮޓެލް/ރިސޯޓް
ސޮނޭވާ ފުށި - ސިލްވަރ އެވޯޑް
- ލީޑީންގ އެފް އެންޑް ބީ ހޮޓެލް/ރިސޯޓް
ސެންޓާރާ ރަސްފުށި ރިސޯޓް އެން ސްޕާ މޯލްޑިވްސް - ސިލްވަރ އެވޯޑް
- ލީޑީންގ ފެމެލީ ހޮޓެލް/ރިސޯޓް
ދަ ސަން ޝިޔާމް އިރުފުށި - ސިލްވަރ އެވޯޑް
- ލީޑީންގ ޖީ އެސް އޭ ޕްރޮވައިޑަރ
އޭސް އޭވިއޭޝަން ސާވިސް މޯލްޑިވްސް - ގޯލްޑް އެވޯޑް
- ލީޑީންގ ލިވްއަބޯޑް ބްރޭންޑް
ވޮއޭޖަސް މޯލްޑިވްސް - ގޯލްޑް އެވޯޑް
- ލީޑިންގ ލަގްޒަރީ ހޮޓެލް/ރިސޯޓް
ސޮނޭވާ ޖަނި - ސިލްވަރ އެވޯޑް
- ލީޑިންްގ މީޓިންގް އެންޑް ކޮންފަރެންސް ހޮޓެލް/ރިސޯޓް
ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ - ސިލްވަރ އެވޯޑް
- ލީޑީންގ ޕީ އެސް އޭ ސާވިސް ޕްރޮވައިޑަރ
ވޮއޭޖަސް މޯލްޑިވްސް - ގޯލްޑް އެވޯޑް
- ލީޑީންގ ސާފް ހޮޓެލް
ސިނަމަން ދޮންވެލި - ސިލްވަރ އަދި ގޯލްޑް އެވޯޑް
- ލީޑިންގ ޓުއާ އޮޕަރޭޓަރ
މޫދު ހޮލިޑޭސް - ސިލްވަރ އެވޯޑް
- ލީޑިންގ ޓުއަރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ (ލޭންޑް/ސީ)
އެޓޯލް ޓްރާންސްފަރ - ސިލްވަރ އެވޯޑް
- ލީޑިންގ ޓްރެވަލް އެޖެންޓް
އިނަ މޯލްޑިވްސް - ސިލްވަރ އަދި ގޯލްޑް އެވޯޑް
- ލީޑީންގ ވެލްނެސް އެންޑް ސްޕާ ބްރޭންޑް
އަރާމު ސްޕާ - ސިލްވަރ އެވޯޑް
- ލީޑީންގ ވެލްނެސް އެންޑް ސްޕާ ހޮޓެލް/ރިސޯޓް
އަމިއްލަފުށި - ސިލްވަރ އަދި ގޯލްޑް އެވޯޑް
- މޯސްޓް ރޮމޭންޓިކް ހޮޓެލް/ރިސޯޓް
ޖުމެއިރާ ވިޓަވެލި - ސިލްވަރ އަދި ގޯލްޑް އެވޯޑް
ވިޒިޓަރ ޗޮއިސް އެވޯޑްސް ކެޓަގަރީ:
- ލީޑީންގ ހަނީމޫން ޑެސްޓިނޭޝަން
ދިވެހިރާއްޖެ - ގޯލްޑް އެވޯޑް
- ލީޑިންގ ޑައިވިންގ ޑެސްޓިނޭޝަން
ދިވެހިރާއްޖެ - ގޯލްޑް އެވޯޑް
- ލީޑިންގ ބީޗް ޑެސްޓިނޭޝަން
ދިވެހިރާއްޖެ - ގޯލްޑް އެވޯޑް
- ލީޑީންގ އެއާޕޯޓް ލައުންޖް
ލީލި ލައުންޖް، ވެލާނާ އިނަޓަރނޭޝަނަލް އެއާޕޯޓް، ދިވެހި ރާއްޖެ - ގޯލްޑް އެވޯޑް