މޯލްޑިވް ގޭހުން ކޯލްޓަން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭސް މިއަދު ބާޒާރަށް ނެރެފިއެވެ.
ކޯލްޓަން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭހުގެ ބާވަތްތައް މިއަދު ބާޒާރަށް ނެރުނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ.
މިއަދު ބާޒާރަށް ނެރުނު ގޭހުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ، ގެސްޓްހައުސް، ރިސޯޓުތަކުގެ މިނީ ބާސް، އެއާކޯނަށް ހާއްސަ ގޭހާއި އަދި ޗިލާސް ގައި ބޭނުންކުރާ ގޭހެއެވެ.
މޯލްޑިވް ގޭހުން އެލްޕީޖީގޭހާއި ހީލިއަމް ގޭސް އަދި މެޑިކަލް ގޭހުގެ އިތުރުން އިންޑަސްޓްރިއަލް އަދި ރެފްރިޖެރެންޓް ގޭސް ވިއްކައެވެ. އެބާވަތްކުގެ ގޭސް މޯލްޑިވް ގޭހުގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މާކެޓިން އެންޑް ބިޒްބަސް ޑިވެލޮޕްމެންޓް މެނޭޖަރު އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ މި އުފެއްދުން ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ އެ ދާއިރާގެ ތަޖުރިބާކާރުންނާއި މަޝްވަރާކުރުމަށްފަހު، ފުރިހަމަ މާކެޓް ރިސާޗަކަށް ފަހު ކަމަށެވެ.
އަދި މިއީ މިފަދަ ގޭހުގެ ބާވަތްތައް އެންމެ ރަނގަޅު އެއް ބްރޭންޑް ކަމަށް އައިމިނަތު ވިދާޅުވިއެވެ.