ކ. ގުޅީފަޅުގައި އޮތް ދޯންޏެއްގެ ނަގިލި ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ކޯސްގާޑުން ބުނީ ޚަބަރެއް ނުވެގެން ހޯދަމުން އަންނަނީ ބީދޭސީއެއް ކަމަށާއި އެއީ ކ. ގުޅީފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏެއްގެ ނަގިލި ނަގަން ފޭބި މީހެއް ކަމަށެވެ.
ގެއްލުނު މީހާ ހޯދުމަށް މެރިން ޕޮލިހުންނާއި ފުލުހުންގެ ޑައިވިން ޓީމާއި އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތްކުރަމުން އަންނަ އިރު، މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު ހެނދުނު 8:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާ ހިނގި އިރު ދޯނީގައި ތިބީ އަށް ދިވެހީންގެ އިތުރުން ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާއާ އެކު ޖުމުލަ ނުވަ މީހުން ކަމަށް ވެސް ކޯސްޓްގާޑުން ބުނެ އެވެ.