ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަދުއްޚުލު ވުމަށް ހުށަހަޅައިފިއެވެ.
އޭސީސީން މިއަދު ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެ ބޭންކުގައި ހުޅުވާފައިވާ ދެ އެކައުންޓެއްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އަންގާފައިވާތީ އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅައިދިނުމަށެވެ.