ގޭމް އޮފް ތްރޯންސްގެ އެކްޓްރެސް ސަންސާ ސްޓަރކް ރާއްޖޭގައި ހަނީމޫން ހޭދަކުރަމުން އެބަދެއެވެ.
ގޭމް އޮފް ތްރޯންސްގެ ލީޑިންގ އެކްޓްރެސް ސަންސާ ސްޓަރކް (ސޯފީ ޓަރނަރ) އަދި ބައިވެރިޔާ ޖޯ ޖޯންސް ރާއްޖޭގައި ހަނީމޫން ހޭދަކުރަމުން ގެންދަނީ ސޮނޭވާ ފުށީގައެވެ.
ސަންސާ ސްޓަރކް (ސޯފީ ޓަރނަރ) އާއި ބައިވެރިޔާ ޖޯ ޖޯންސް ވަނީ ސޯޝަލް މީޑިއާގައި ރާއްޖޭގެ ރީތި މަންޒަރުތަކެއް ހިއްސާކޮށްފައެވެ.
ސޯފީ ޓަރނަރ ވަނީ ގޭމް އޮފް ތްރޯންސްގެ 59 އެޕިސޯޑްގައި ހުނަރުވެރި އެކްޓެއް ދައްކައިފައެވެ. މީގެ އިތުރުން ދަ ތާޓީން ޓޭލް އިންވެސް ވަނީ އޭނާގެ ހުނަރު ދައްކާލައިފައެވެ.
ސޯފީ ޓަރނަރގެ ހަޔާތުގެ ބައިވެރިޔާ ޖޯ ޖޯންސް އަކީވެސް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. ޖޯ ޖޯންސްގެ ލަވަތަކަކީ ގިނަ ރެކޯޑުތަކެއް ހޯދައިފައިވާ ލަވަތަކެކެވެ.