މެންބަރު އާދަމް ޝަރީފް އުމަރު

ޕްރައިމަރީ ގްރޭޑްތަކަށް ބޭރު ޓީޗަރުން ކިޔަވައިދިނުމަކީ މަންހަޖުގެ ފަލްސަފާއާ ނުގުޅޭ ކަމެއް: އާދަމް ޝަރީފު

ޝަހީދާ އަބްދުﷲ ސައީދު

1

ޕްރައިމަރީ ގްރޭޑްތަކަށް ބޭރުގެ ޓީޗަރުން ކިޔަވައިދިނުމަކީ ގައުމީ މަންހަޖާއި ފަލްސަފާއާ ނުގުޅޭ ކަމެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ، ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންގެ އަދަދު މަދުވުމާ ގުޅިގެން ވަގުތީ ގޮތުން ބިދޭސީ ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އާދަމް ޝަރީފު ވިދާޅުވީ ޕްރައިމަރީ ގްރޭޑަކީ ކުދިންގެ ކިބައިގައި ދިވެހި އިސްލާމީ ސިފަތައް އަށަގެންނެވުމަށް އެންމެ މުހިންމު މަރުހަލާ ކަމަށެވެ. އަދި އެމަރުހަލާގައި ބޭރު ޓީޗަރުން ކިޔަވައިދިނުމަކީ ގައުމީ މަންހަޖުގެ ފަލްސަފާއާއި ނުގުޅޭ ކަމެއް ކަމަށެވެ.

އާދަމް ޝަރީފު ވަނީ ދިވެހި ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން ދިވެހި ޓީޗަރުން ލިބޭނެ ކަމަށް ވިދާޅުވެ، ޓީޗަރުންގެ އަގު ވަޒަން ކުރުމަށް ގޮވައިލައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެގޮތަށް ހަމަޖައްސަން ޖެހުނީ ވިހެއުމާ ގުޅިގެން ދޭ ހަ މަހުގެ ޗުއްޓީއާއި އެހެނިހެން ސަބަބުތަކާ ހެދި ވަގުތީ ގޮތުން ދިވެހި ޓީޗަރުން ހޯދަން އިއުލާންކުރުމުންވެސް ނުލިބުމުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟