ގައުމީ ފެންވަރުގައި އަންހެނުން ކުރަމުން އަންނަ ޚިދުމަތުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް (ވިމް) އިން ދެމުން އަންނަ "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019" ގައި 29 ކަނބަލަކަށް އެވޯޑް ދީފި އެވެ.
މި އެވޯޑްތައް ދީފައި ވަނީ، ފެކަލްޓީ އޮފް ހެލްތު ސައިންސް ގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި އެވޯޑު ހަފުލާގަ އެވެ.
ރޭގެ ހަފުލާގައި މި 29 ކަނބަލުންނަށް އެވޯޑު ލިބިވަޑައިގެންފައި ވަނީ 16 ދާއިރާއެއްގެ ތެރެއިންނެވެ.
އެ ގޮތުން އެ ވޯޑު ލިބިވަޑައިގެންނެވި ބޭފުޅުންނާއި ދާއިރާތަކަކީ:
ވިމް އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އަހަރުގެ އަންހެނާގެ އެވޯޑް ރޭގެ ހަފުލާގައި ލިބިވަޑައިގެންނެވީ ހ. ދުނި، މަރިޔަމް ވަހީދާ އަށެވެ.
މަރިޔަމް ވަހީދާ ވަނީ ދިވެހި ދައުލަތުގެ އެކި މަގާމުތަކުގައި 42 އަހަރު ދުވަހު ޚިދުމަތް ކުރައްވައިފަ އެވެ. ގާލް ގައިޑުގެ ކުރީގެ ކޮމިޝަނަރެއްގެ ގޮތުގައި މަރިޔަމް ވަހީދާ ވަނީ އެ ދާއިރާއިން އަންހެނުންނަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފަ އެވެ. ނޫސްވެރިކަމުގެ ދާއިރާއަށް ބަލާ އިރު، އިޖުތިމާއީ އެކި ދާއިރާތަކުން ދުވަހު ނޫސް ހަވީރަށް އެތައް އަހަރެއް ވާންދެން ލިޔުއްވާފައިވެ އެވެ. އަންހެނުންނާއި ސިއްހަތުގެ ދާއިރާއިން 100 އެޕިސޯޑުގެ ޓީވީ ޕްރޮގްރާމެއް ވެސް މަރިޔަމް ވަހީދާ ވަނީ ހުށަހަޅުއްވައިފަ އެވެ.
އުމުރުން 67 އަހަރުގެ، ފަސް ކުދީންގެ މަންމަ، މަރިޔަމް ވަހީދާ ގެންދަވަނީ ގައުމީ ފެންވަރުގައި ބާއްވާ ގިނަ ދުވުން ތަކުގައި މިހާރު ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ. ފުލް މެރެތަން އެއް ފުރިހަމަ ކުރައްވައި، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އޭނާ ވަނީ ގައުމީ ރެކޯޑެއް ވެސް ހައްދަވައިފަ އެވެ.
ވިމް އެވޯޑްސް ދޭ މިއީ ދެވަނަ އަހަރެވެ.
ވިމް އެވޯޑްސް ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.