ހދ. ކުޅުދުއްފުށި ޓާފު ދަނޑެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށި ޓާފު ދަނޑުގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7:59 ގައި ކަމަށާއި ރޯވި އަލިފާން ގަނޑު ކުޅުދުއްފުށި ފަޔާ ސްޓޭޝަނުގެ ސިފައިން ނިއްވައިލާފައިވާކަމަށެވެ.
އަލިފާން ނިއްވައިލާފައިވަނީ މިރޭ 8:10 ހާއިރު ކަމަށާއި އެހާދިސާގައި ދަނޑަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.