އެޗްޑީސީ

ހުޅުމާލެ ރަށު މާރުކޭޓުގެ ގޮޅިތައް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަންފަށައިފި

ހުޅުމާލޭގެ ރަށު މާރުކޭޓުން ގޮޅިތައް ހިންގުމަށް ހޮވުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.

ދިވެހި އުފެއްދުންތައް ވިއްކުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ)އިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ރަށު މާރުކޭޓުގެ ގޮޅިތައް 42 ފަރާތަކަށް ކުއްޔަށް ދިނުމަށް ވަނީ ނިންމައިފައެެވެ.

އެޗްޑީސީން ބުނީ އޭގެ ތެރެއިން 29 ފަރާތަކާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ދެން ތިބި 28 ފަރާތާ އެކު މާދަމާ ސޮއިކުރުން ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެއެެވެ. ގޮޅިތަކުގެ އެގްރީމެންޓްގައި ވާގޮތުން، އެގްރީމެންޓްގައި ސޮއިކުރާތާ 15 ދުވަސްތެރޭގައި ގޮޅިތައް ހުޅުވައި ހިދުމަތް ދޭން ފަށަން ޖެހެއެވެ.

ރަށު މާރުކޭޓުން ގޮޅި ހޯދުމަށް 871 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިއެވެ.

ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލާ ދިމާގައި އިމާރާތް ކޮށްފައިވާ، ރަށު މާރުކޭޓުގައި ޖުމްލަ 57 ގޮޅި ހިމެނެއެވެ. އެތަނުން ގޮޅިތައް ދޫކޮށްފައިވަނީ، މޭވާ ތަރުކާރީ އަދި ކާބޯތަކެތީގެ އުފެއްދުންތަކަށް ހާއްސަ 37 ގޮޅީގެ އިތުރުން ރޯމަހުގެ ބާވަތްތައް ވިއްކުމަށް 20 ގޮޅިއެވެ.