ބާ ކައުންސިލް

މުއްދަތު ހަމަވިއިރު ބާ ކައުންސިލު ވޯޓިންގް ރަޖިސްޓްރީގެ 12 ޝަކުވާއެއް ހުށަހަޅާފައިވޭ: އީސީ

މަރިޔަމް ޝަހުދާ

މުއްދަތު ހަމަވިއިރު ބާ ކައުންސިލް ވޯޓިންގް ރަޖިސްޓްރީގެ 12 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ ބާ ކައުންސިލް ވޯޓިންގް ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވި އިރު އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނި އެޑްރެސް ނުބައިކޮށް އޮތުމުން ކަމަށެވެ. އެއީ 8 މައްސަލައެކެވެ. އަދި ނަން ނެތުމުގެ ތިން މައްސަލައަކާއި ނަން ނުބައިކޮށް އޮތުމުން އެއް މައްސަލައެއް ހުށަހަޅާފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

މިމަހު 13 ވަނަ ދުވަހު ބާ ކައުންސިލް އިންތިހާބު ކުރިއަށް ގެންދަން ނިންމާފައިވާ އިރު ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީގައެވެ.