މާލެ އަތޮޅު ކާށިދޫ ފަޅުތެރެއަށް އަޑިއަށްދިޔަ މުދާ އުފުލާ ދޯންޏެއް ފުންކުރުމަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އިއްޔެ ހަވީރު 5:55 ހާއިރު ކާށިދޫ ފަޅުތެރެއަށް ހުންގާނު ފެއިލްވެ، ރާޅެއް އަރައިގެން އަޑިއަށްދިޔަ ގޮސްފައިވަނީ 70 ފޫޓުގެ ''ލޮއިންސް'' ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.
އަދި އެދޯނި ފެންމަތި ކުރުމުގެ މަސައްކަތް މާލޭ އޭރިޔާގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.