ސެލެބްރިޓީ މެނޭޖަރެއް ކަަމަށްވާ ސްކޫޓާ ބްރައުން އާ ހެދި ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް އަދި ޖަސްޓިން ބެއިބާ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.
ސްކޫޓީ ބްރައުން ވަނީ ޓެއިލާ ގެ ހުރިހާ މިއުޒިކް ކެޓަލޮގްސް ތަކެއް އޭނާގެ އަމިއްލަ އެއްޗިއްސަށް ހަދައިފައެވެ. ބްރައުން ރިކޯޑްސް އިން ހެދި މި 300 މިލިއަން ޑޮލަރުގެ ޑީލެއް ޓެއިލާ އަކަށް ކަމަކު ނުދިޔައެވެ. އަދި އޭނާ ވަނީ އެކަމާ ގުޅޭ ގޮތުން މީސް މީޑިއާގައި އޭނާ ދެކޭ ގޮތް ހިއްސާކޮށްފައެވެ. ހާއްސަކޮށް އޭނާގެ އަމިއްލަ ލަވަތަކުގެ އޯނާޝިޕް އޭނާއަށް ނުދިން މީހަކާ އެކީ މަސައްކަތް ކުރެވުނު ކަމުގެ ޝަކުވާ ޓެއިލާ ވަނީ ކޮށްފައެވެ.
މިކަމާ ގުޅިގެން ޖަސްޓިން ބެއިބާ ވަނީ ޓެއިލާއަށް ނިސްބަތް ކޮށް ޕޯސްޓެއް ކޮށްފައެވެ. އަދި ފަހުން ވަނީ އޭނާ ކުރި ޕޯސްޓަށް މައާފަށް އެދި އަނެއްކާ އެހެން ޕޯސްޓެއް ވެސް ހިއްސާކޮށްފައެވެ.
ޓެއިލާއަކަށް މިކަމެއް ކަމަކު ނުދިޔައެވެ. އަދި އޭނާ ވަނީ ޓަބްލާ ގައި ޖަސްޓިން ކުރި ކަމަކީ އޭނާއަށް ގަނާ ކުރުން ކަމުގައި ބުނެ އޭނާގެ އިހްސާސްތައް ހިއްސާކޮށްފައެވެ. މިކަންތައްތައް ޓެއިލާގެ ފޭނުންނަށް މާބޮޑަށް ކަމުދާ ކަމަކަށްނުވިއެވެ.
އޭނާގެ ފޭނުންގެ ތެރެއިން އެކެއްގެ ކޮމެންޓްގައި ވަނީ ޖަސްޓިން ޓެއިލާގެ ބެސްޓް ފްރެންޑް ސެލީނާ ގްމޭޒް އާ ރައްޓެހިވެގެން އުޅުނު އިރު ޗީޓް ކުރި ކަމަށް ތުހުމަތު ކޮށްފައެވެ. ޓެއިލާވެސް ވަނީ އެ ކޮމެންޓަށް ލައިކް ދީފައެވެ. އެހެން ކަމުން އޭނާ އެކަމާ އެއްބަސްވާ ކަން އޭގެން އެނގިގެންދެ އެވެ.
ޓެއިލާގެ ފޭނުން ދަނީ އޭނާއަށް ދިމާވެގެން އުޅޭ މި މައްސަލައިގައި އޭނާއަށް ސަޕޯޓްކޮށް އެއްކޮޅަށް ވަކާލާތު ކުރަމުންނެވެ.