މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގެ ހުންގާނު މައްސަލަޖެހި، އެ ލޯންޗު ކަނޑުމައްޗަށް ހުއްޓިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ހއ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ''މެރިން ހޯރކްސް'' ނަމަކަށް ކިޔާ 85 ފޫޓުގެ ފެރީ ލޯންޗް މާލެއަތޮޅު ތުޅާގިރި އުތުރުން 10 ނޯޓިކަލް މޭލު ބޭރުން ހުންގާނުގެ މައްސަލަޖެހި ހުއްޓިފައިވާކަމުގެ ރިޕޯޓް ލިބުނީ 3:27 ގައި ކަމަށެވެ.
އެހާދިސާއާ ގުޅިގެން މާލޭ އޭރިޔާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު މައްސަލަ ހައްލުކޮށްދިނުމުން މިހާރު މާލެއަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ލޯންޗްގައި ފަޅުވެރިންނާއެކު ޖުމްލަ 100 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.