ސަޓާ

ސަޓާ 2019 : ނޭޕާލްގެ އިވެލުއޭޝަން ފަށައިފި

މުހައްމަދު އައުޒަމް

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ނޭޕާލްގެ އިވެލުއޭޝަން ކަތަމަންޑޫގައި ފަށައިފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ މާޔާ މަނޯ ހޮޓަލުގައި ނޮމިނޭޝަންތައް ފަށާފައިވާއިރު މިހާތަނަށް ރާއްޖެއާއި ލަންކާގެ އިތުރުން އިންޑިއާގެ އިވެލުއޭޝަންތައް ވަނީ ނިންމާލައިފައެވެ.

ސަޓާ 2019ގައި 500 އަށްވުރެ ގިނަ ޓްރެވަލް އެންޑް ޓުއަރިޒަމް ވިޔަފާރި އޮޕަރޭޓަރުން ވަނީ ނޮމިނޭޓްވެފައެވެ. އެ އެވޯޑުގެ ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ދުނިޔޭގެ ގިނަ އަދަދެއްގެ ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މިއަހަރުގެ އެވޯޑުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް ބޫޓާން އަދި ސްރީލަންކާ ބައިވެރިވެއެވެ.