އިބްރާހިމް ޒަކީ
މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، ފަރުވާ ދިނުމަށް އެމީހާ މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ލޮލަށް ބުޅި ހެރިފައި ވަނީ "ދިރާސާ" ނަމަކަށް ކިޔާ ފ. ފީއަލީގެ ދޯންޏެއްގައި ހުރި 57 އަހަރުގެ ދިވެއްސަކަށް ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، މިހާދިސާ ހިނގީ އދ. މަންދޫގެ ހުޅަނގުން 111 ނޯޓިކަލް މޭލު ބޭރުގައި މަސްބާނަމުން ދަނިކޮށް ކަމަށެވެ. ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:47 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.