އަހަރު ފުރަތަމަ ތިން މަހު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގައި ގިނައިން ރަޖިސްޓްރީ ކޮށްފައިވަނީ ޕްރޮކިޔުމެންޓާގުޅޭ މައްސަލަތައް ކަމަށް އޭސީސީ އިން ބުނެފި އެވެ.
އޭސީސީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 2018 އަހަރެކޭ އެއްފަދައިން މިއަހަރުގެ ފުރަތަމަ ތިންމަހުވެސް އޭސީސީގައި އެންމެ ގިނައިން ރަޖިސްޓްރީކޮށްފައި ވަނީ ޕްރޮކިޔުމެންޓާގުޅޭ މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރު ފުރަތަމަ ތިން މަހު ޕްރޮކިޔުމެންޓާގުޅޭ 147 މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވާއިރު މިއަހަރު ރަޖިސްޓްރީ ކޮށްފައިވަނީ ވަނީ ޕްރޮކިޔުމެންޓާގުޅޭ 111 މައްސަލައެވެ.