ދުނިޔެ

ޖަކާޓާ އިން ނައްޓައިލި ލަޔަން އެއާގެ ފްލައިޓެއް މޫދަށް ވެއްޓިއްޖެ

އިންޑޮނޭޝިއާ ގެ ވެރިރަށް ޖަކާޓާ އިން ނައްޓައިލި ލަޔަން އެއާގެ ފްލައިޓެއް މޫދަށް ވެއްޓިއްޖެ އެވެ. ދަ ގާޑިއަން ނޫހުން ދާދި ދެންމެ ގެނެސްދިން ކުއްލި ޚަބަރުގައިވާ ގޮތުން އިންޑޮނޭޝިއާގެ އޮފިޝަލުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އޮފިޝަލުންނާ ހަވާލާދީ ބީބީސީން ބުނެފައިވާ ގޮތުގައި ގެއްލުނު ފްލައިޓް، JT-610، ޖަކާޓާއިން ނައްޓައިލައިގެން ދަތުރު ކުރީ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ބަންކާ ބެލިޓަންގް އައިލެންޑްސް ގެ މައި ސިޓީ ޕަންގަލް ޕިނަންގް އަށެވެ.

އެ ފްލައިޓްގައި ތިބީ ކިތަން ދަތުރުވެރީންކަން އަދި ކަށަވަރުވެފައެއް ނުވެ އެވެ. އެ ފްލައިޓަކީ ބޮއިން 737 ގެ ފްލައިޓެއް ކަމަށް ޚަބަރު ލިބެ އެވެ. އެހެން ނަމަވެސް މި ފްލައިޓުގައި 200 ދަތުރުވެރީން އުފުލޭނެ އެވެ.

އޮފިޝަލުންނާ ހަވާލާދީ ގާޑިއަންގައި ބުނީ ފްލައިޓް ނައްޓައިލިތާ 13 މިނެޓު ތެރޭ ފްލައިޓާ ގުޅުން ކެނޑިފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ގެއްލުނު ފްލައިޓް ނައްޓައިލީ ހެނދުނު 6:20 ގަ އެވެ. ޝެޑިއުލްގައި އޮތް ގޮތުން ނަމަ 7:20 ގައި ފްލައިޓް ޖައްސާނެ އެވެ.