އައްޑޫ ސިޓީ ހިތަދޫގައި ހުރި ކޮންވެންޝަން ސެންޓަރާ ދިމާ ވަލުތެރޭގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 12:42 ގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ވަލުތެރޭގައި އެކި ހިސާބުތަކުގައި ގާތްގަނޑަކަށް 200 މީޓަރު ސަރަހައްދެއްގައި ރޯވެފައިވާކަމަށެވެ. އަދި ބޮޑަށް ރޯވެފައި ހުރީ ކަށިކެޔޮ ގަހާއި ބުރު ގަސްތަކުގައި ކަމަށާއި މިހާރު 50 ޕަސެންޓް ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.