އެމްއެންޑީއެފް

އެމްއެންޑީއެފުން އަލިފުށި ކައުންސިލަށް އަލިފާން ނިއްވާ ސިސްޓަމެއް ހަދިޔާކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

އެމްއެންޑީއެފު ނޯތު އޭރިއާއިން ރ. އަލިފުށި ކައުންސިލަށް އަލިފާން ނިއްވާ ޕަންޕް ސިސްޓަމެއް ހަދިޔާކޮށްފިއެވެ.

މިސިސްޓަމު އަލިފުށި ކައުންސިލާއި ހަވާލުކޮށްދެއްވީ ނޯތު އޭރިއާގެ ކޮމާންޑަރު ކާނަލް އިސްމާއީލް ޝަރީފެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެމްއެންޑީއެފް ނޯތު އޭރިއާއިން ފަނަރަ ބައިވެރިންނާއެކު އަލިފުށީގައި ހިންގި ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އަލިފުށި ކައުންސިލަށް އަލިފާން ނިއްވާ ޕަންޕް ސިސްޓަމެއް ހަދިޔާކޮށްފައިވާކަމަށެވެ.

މިމަހުގެ ވިހި ވަނަ ދުވަހު ހދ. މަކުނުދޫ ކައުންސިލަށްވެސް އެމްއެންޑީއެފުން އަލިފާން ނިއްވާ ޕަމްޕު ސިސްޓަމެއް ހަދިޔާކޮށްފައި ވެއެވެ.