އެންޖެލީނާ ޖޯލީ އަދި ކުރީގެ އޭނާގެ ފިރިމީހާ ބްރޭޑް ޕިޓް އަކީ މީގެ ކުރިން ހޮލީބުޑްގެ ޕަވާ ކަޕަލްއެކެވެ. އެތައް އަހަރަކު އިނދެގެން އުޅުމަށްފަހު ދެބައިވެރިން ވަރިވީ މީގެ ތިން އަހަރު ކުރިންނެވެ.
ބައިނަލް އަގްވާމީ ރިޕޯޓްތައް މިހާރު ބުނާ ގޮތުގައި އެންޖެލީނާ އުޅެނީ ބަތަލު ކިއާނޯ ރީވްސްއާ ގުޅިގެންނެވެ. ސްޓާޒް ރިޕޯޓް ކިޔާ މެގަޒިނެއްގައި ވާ ގޮތުގައި ބްރޭޑް ކައިރިން ވަރިވިފަހުން އެންޖެލީނާ ގަޔާވި ހަމައެކަނި ފިރިހެނަކީ ކިއާނޯ ކަމަށް އެމީހުނާ ގާތް މީހަކު ވަނީ ބުނެފައެވެ. އަދި ކިއާނޯ ވަނީ އެންޖެލީނާއާއި ބްރޭޑް ގެ ހަ ދަރިންނާވެސް ބައްދަލު ކޮށްފައި ކަމަށް އޭނާ ވަނި މައުލޫމާތުދީފައެވެ.
އެމީހާ އިތުރަށް ބުނެފައިވާ ގޮތުގައި ކިއާނޯ އަކީ އޭނާގެ މަންމައާ ވަރަށް ގާތް މީހެކެވެ. އަދި ވަރަށް ގިނައިން މަންމައާ ބައްދަލު ކުުރުމަށް އޭނާ ދާކަމަށްވެއެވެ. އެންޖެލީނާގެ ވަރިއަށް ފަހު ލޮސް އެންޖެލްސް އަށް ބަދަލު ވިއިރު ކިއާނޯ ގެ މަންމަ ވެގެން ދިޔައީ އޭނާގެ އަވަށްޓެރިއަކަށެވެ.
ކިއާނޯއާ އެންޖެލީނާ ބައްދަލު ވީ އެހެންވެގެން ކަމަށް އެމީހާ ވަނީ ބުނެފައެވެ. އަދި ކިއާނޯގެ މަންމަވެސް އޭނާ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވާތީ އެ ދެތަރިން ގުޅުވަނީ ކަމަށް ވެދާނެ ކަމަށް މައުލޫމާތު ދިން މީހާވަނީ ބުނެފައެވެ.
ނަމަވެސް ކިއާނޯގެ ފަރާތުން މިވާހަކަތައް ވަނީ ދޮގު ކޮށްފައެވެ. ކިއާނޯގެ ރެޕްރެޒެންޓެޓިވްއެއްގެ ފަރާތުން މީޑިއާގައި މައުލޫމާތު ދިން ގޮތުގައި އޭނާ ފިލްމް ޖޯން ވިކް ތިނެއްގައި ދައްކައިދިން މޮޅު ކުޅުމުގެ ސަބަބުން މުޅި އިންޓަނެޓް އޭނާއާ ހެދި އޮބްސެސްޑް ވަނީ ކަމަށާއި އެންޖެލީނާ ކިއާނޯ އާ އެކަހަލަ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ހުކުރު ދުވަހު ނެރޭ ފިލްމް ޓޯއީ ސްޓޯރީ ހަތަރެއްގައި ޑޫކް ކަބޫމްގެ ކެރެކްޓަރަށް އަޑު ޑަބްކޮށްފައިވަނީ ވެސް ކިއާނޯއެވެ.