އެންޓި ކޮރަޕްޝަން ކޮމިޝަން

ފެބްރުއަރީ ހަޔަކުން ފެށިގެން އޭސީސީގެ ރައީސްގެ ހަބަރެއް ނުވޭ: އޭސީސީގެ ނައިބުރައީސް

އިބްރާހިމް ޒަކީ

މިއަހަރުގެ ފެބްރުއަރީ ހަވަނަ ދުވަހުންފެށިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަލް ލުތުފީ، ކޮމިޝަނަށް ވަޑައިގެންފައި ނުވާ ކަމަށާއި، މިއަހަރުގެ އޭޕްރީލްމަހުގެ 14 އިން ފެށިގެން ލުތުފީ ކޮމިޝަނަށް އެއްވެސް އެއްޗެއް ވެސް އަންގަވާފައި ނުވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް އޭސީސީ ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ، އޭސީސީގެ ރައީސް މިއަހަރުގެ ފެބްރުއަރީމަހުގެ ހަވަނަ ދުވަހުން ފެށިގެން އެކި ގޮތްގޮތަށް ޗުއްޓީ ނެންގެވުމަށްފަހު، 14 އޭޕްރީލް 2019 ފަހުން އެއްޗެއް އަންގަވައިފައިނުވާ ކަމަށެވެ.

މުއައްވިޒް ވިދާޅުވީ، ކޮމިޝަންގެ އުސޫލު ކަނޑައެޅިފައި އޮންނަނީ، މުވައްޒިފުންނެކޭ އެއްގޮތަށް، މެންބަރުންނަށްވެސް 30 ދުވަހުގެ ޗުއްޓީ އާއި 30 ދުވަހުގެ ސަލާން ބުނެވޭ ގޮތަށް ކަމަށެވެ.

އެހެންކަމުން ކޮމިޝަންގެ މުވައްޒަފުންނެކޭވެސް އެއްގޮތަށް މިއަހަރުގެ 14 އޭޕްރީލުން ފެށިގެން ކޮމިޝަންގެ ރައީސް ވެސް ގުނޭނީ ހާޒިރުވެވަޑައިނުގަންނަވާ ބޭފުޅެއްގެ ގޮތުގައި ކަމަށްވެސް މުއައިވިޒް ވިދާޅުވިއެވެ.