މުހައްމަދު އައުޒަމް
ޕާކިސްތާނުގެ މިނިސްޓަރެއްގެ ޕްރެސް ކޮންފަރެންސެއް ލައިވް ކުރަނިކޮށް ކެޓް ފިލްޓަރ އެކްޓިވޭޓް ވެއްޖެއެވެ.
ޕާކިސްތާނުގައި ސިޔާސީގޮތުން ނުފޫޒު ގަދަ ޝައުކަތު ޔޫސަފްޒާއީ ކުރިއަށްގެންދިޔަ ލައިވް ޕްރެސް ކޮންފަރެންސެގެ ތެރެއިން ވަނީ އޮޅިގެން ކެޓް ފިލްޓަރ އެކްޓިވޭޓް ވެފައެވެ.
ޔޫސަފްޒާއީ ނޫސްވެރިންނާއި ވާހަކަދައްކަމުން ދަނިކޮށް ކުއްލިއަކަށް ކެޓް ފިލްޓަރ އެކްޓިވޭޓް ވުމުން ޔޫސަފްޒާއީ ބުޅަލެއްގެ އިމޯޖީއަށް ބަދަލުވިއެވެ.
ޕްރެސް ކޮންފަރެންސް ވަނީ ޕާކިސްތާނުގެ ތަހްރީކް އެ އިންސާފް ޕާޓީގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާފައެވެ. ނަމަވެސް ޕްރެސް ނިމުމާއެކު އެ ވީޑިއޯ ވަނީ ފަހުން ޑިލީޓް ކޮށްފައެވެ.
ޕާޓީގެ އޮފިޝަަލަކު ވަނީ މިކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ. އަދި މިއީ ދިމާވި 'ހިއުމަން އެރޯ'އެއް ކަމަށް ވިދާޅުވެފައެވެ.
މީސްމީޑިއާގައި އެތައްބަޔަކު ދަނީ މިކަމަށް ޖޯކު ޖަހަމުންނެވެ. އެގޮތުން ޕާކިސްތާނުގެ ސިޔާސީ ފަރާތްތަކުން ވަނީ ސްކްރީން ޝޮޓް ބޭނުންކޮށް ޖޯކުޖަހަން ފަށައިފައެވެ.