މުހައްމަދު އައުޒަމް
ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގެ 66 ވަނަ އުފަންދުވަހުގެ ހަދިޔާއަކަށް ރަޝިއާގެ ރައީސް ވްލަޑިމިއަ ޕޫޓިން އައިސް ކްރީމް ދެއްވައިފިއެވެ.
ތަަޖިކިސްތާންގެ ޑުޝަންބެ ގައި މިހާރު ކުރިޔަށްދާ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޝީ އަދި ރައީސް ޕޫޓިން ކުރައްވަމުން ދާ ދަތުރުފުޅުގެ ތެރެއިން ޕޫޓިން ވަނީ ޝީގެ އުފަންދުވަހުގެ ސަޕްރައިޒެއް ދެއްވައިފައެވެ. ހަދިޔާއަކަށް ޕޫޓިން ދެއްވީ އައިސްކްރީމް އެވެ.
މިބައްދަލުވުމުގައި ރަޝިއާގެ ރައީސް ވްލަޑިމިއަ ޕޫޓިން ވަނީ ރައީސް ޝީގެ ޒައާމަތުގައި ދެގައުމު ދެމެދުގައި އޮތް ގުޅުން ދާދިފަހުން ރައީސް ޝީ ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ބަދަހިވެފައިވާކަމަށް ވިދާޅުވެފައެވެ.
ބައްދަލުވުމުގައި ރައީސް ޝީ ވަނީ ރައީސް ޕޫޓިން އަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ޗައިނާގެ ރައްޔިތުންގެ މެދުގައި ރައީސް ޕޫޓިން އަކީ ވަރަށް މަގުބޫލު ބޭފުޅެއްކަމަށް ވެސް ޝީ ވިދާޅުވި އެވެ.