މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
އިޖިޕްޓް ޓުޑޭ ނޫހުގައި ޝާއިރުކޮށްފައިވާ ގޮތުގައި މޯރްސީ އަވަހާރަވީ ދައުލަތުން މުރުސީގެ މައްޗަށް ކުރާ ދައުވާއެއްގެ އަޑުއެހުމުގެ ޝަރީއަތް ކުރިއަށް ދަނިކޮށެވެ. މުރުސީ ވަނީ މި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވާފައި ކަމަށް މިނޫހުގައި ވެއެވެ.
މިސްރުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ އަލްޖަޒީރާ ނޫހުގައި ރިޕޯޓޫކޮށްފައިވާގޮތުގައި މިދިޔަ އަންގާރަ ދުވަހު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި މުރުސީ ވަނީ ހޭނެތިފައެވެ. އަދި އޭނާ އަވަހާރަވީ އޭގެ ފަހުން ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައި ވެއެވެ.
މުރުސީ މިސްރުގެ ރައީސްގެ މަގާމާ ހަވާލުވީ މިސްރުގައި 30 އަހަރުގެ ވެރިކަމެއް ކުރި ހުސްނީ މުބާރަކަށް ފަހުއެވެ. މިސްރުގައި ކުރިއަށްދިޔަ ހަމަނުޖެހުމެއްގެ ތެރެއިން މުރުސީ ވަނީ 2013 ވަނަ އަހަރު ވެރިކަމުން ދުރުކޮށްފައެވެ. މުރުސީ ހައްޔަރުކޮށްފައިވަނީ ޖާސޫސް ކުރުމުގެ އިތުރުން އަދިވެސް އެހެނިހެން ދައުވާ އޭނާގެ މައްޗަށް ކުރުމަށްފަހު އެވެ.