ސިޔާސީ

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ރާއްޖޭގެ މެދުތެރޭގެ އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ 58 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށް ފުލުހުން ބުންޏެވެ.

އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުސްވި މަހުގެ 25 ގައެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުމުގެ މައްސަލަތައް ރާއްޖޭގައި ވަނީ އިތުރު ވެފައެވެ.