ދުނިޔެ

ރައީސް ސިރިސޭނާ ލަންކާގެ ރައްޔިތުންގެ މަޖިލިސް ސަސްޕެންޑްކޮށްފި

ލައްކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ އެގައުމުގެ ރައްޔިތުންގެ މަޖިލިސް ސަސްޕެންޑް ކޮށްފި އެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ސިރިސޭނާ މަޖިލިސް ސަސްޕެންޑް ކުރައްވައިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.

ރައީސް ސިރިސޭނާ މަޖިލިސް ސަސްޕެންޑް ކުރެއްވި އިރު، އެމަނިކުފާނުގެ ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ރަނިލް އެމަގާމުން ވަކިކުރައްވައި ކުރީގެ ރައީސް ރާޖަ ޕަކްސާ ބޮޑު ވަޒީރު ކަމުގެ މަގާމަށް އިއްޔެ އައްޔަންކުރައްވަފައި ވަނިކޮށެވެ.

ރައީސް ސިރިސޭނާގެ މި ކުއްލި ބަދަލަކީ މުޅި ސައުތު އޭޝިއާ ސަރަހައްދު ސިއްސުވައިލި ޚަބަރަކަށް ވަނީ ވެފަ އެވެ. އަދި މި ބަދަލާ ގުޅިގެން އޭޝިއާ އަދު ހުޅަނގުގެ ބައެއް ގައުމު ތަކުގެ މެދުގައި ވަނީ ނުތަނަވަސްކަންވެސް އުފެދިފަ އެވެ.

ބޮޑު ވަޒީރު ކަމަށް ރާޖަޕަކްސާ އައްޔަން ކުރައްވައިފައިވާ އިރު، ކުރީގެ ބޮޑު ވަޒީރު ރަނިލް ވިދާޅުވެފައި ވަނީ ލަންކާގެ ބޮޑު ވަޒީރަކީ އަދިވެސް އެމަނިކުފާނު ކަމަށެވެ.