އިމިގްރޭޝަން

ދިއްދޫގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި، ޕާސްޕޯޓްގެ ހިދުމަަތް ދޭން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ހއ. ދިއްދޫގައި އިމާރާތްކުރި އިމިގްރޭޝަންގެ އޮފީސް ހުޅުވައި، ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށައިފިއެވެ.

ދިއްދޫގައި ހުރި އިމިގްރޭޝަނުގެ އޮފީސް މިއަދު ހުޅުވައިދެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދެވެ.

ދިއްދޫގައި އިމިގްރޭޝަން އޮފީސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ އޮފީހުން ފުރަތަމަ ދޫކުރާ ޕާސްޕޯޓު ރަސްމީކޮށް ދޫކޮށްފަ އެވެ. އެ ޕާސްޕޯޓް ދޫކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލާއެވެ.

ދިއްދޫގައި އިމިގްރޭޝަނުގެ އޮފީހެއް ހުޅުވި އިރު، މިއީ މާލެއިން ބޭރުގައި ހުޅުވި އެއިދާރާގެ ހަތަރު ވަނަ އޮފީހެވެ. އިމިގްރޭޝަންގެ ހިދުމަތްތައް ލާމަރުކަޒީ ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.