މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

މިނިސްޓަރު މަހްލޫފު ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީއާ ބައްދަލު ކުރައްވައިފި

އަލީ އިހްސާން

ޔޫއެންޑީޕީން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފޫޖީ، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުއާ ބައްދަލު ކުރައްވައިފިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުއާ މިސް އަކީކޯ ފޫޖީ ބައްދަލު ކުރައްވާފައިވަނީ މިއަދު ޔޫތު މިނިސްޓްރީގައެވެ. ޔޫތު މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި މިކަން ވަނީކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މިބައްދަލު ކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވާނީ ކޮންކަންތައްތަކަށް ކަމެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

ޒުވާނުން ބާރުވެރި ކުރުމަށާއި، ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށް ދިނުމުގެ ގޮތުން ޔޫތުމިނިސްޓްރީ ގެންދަނީ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ކުރަމުންނެވެ.