ލ.ގަމުގައި ކުއްޔަށްދޭ ކޮޓަރިއެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މަރުވެފައި އޮއްވާ ފެނުިފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންނަށް މި މީހާގެ މަރުވެފައިވާ ކަމުގެ މައުލޫމާތު 12:45 ހާއިރު ލިބިފައިވާއިރު، މިހާރު މި މީހާގެ ހަށިގަނޑު ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މައުލޫމަތު ދިން ގޮތުގައި މި ފިރިހެންމީހާއަކީ ގަމަށް ޗުއްޓީއަކަށް ގޮސް އުޅުނު މީހެކެވެ. އަދި އޭނާގެ ހަށިގަނޑު ހަރު ވެފައިވާއިރު، ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއްގެ ނިޝާން ފެނިފައިނުވާ ކަމަށް ވެއެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.