މޯލްޑިވިއަން

"ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓާލާފައިވަނީ އެއާޕޯޓުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަވެފައި ނެތުމުން"

މަރިޔަމް ޝަހުދާ

ގދ.ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓާލާފައިވަނީ އެއާޕޯޓުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަވެފައި ނެތުމުން ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓެއްގައި ކާޑެއްދޫ އެއާޕޯޓުގެ ކަންކަން ވަގުތީ ގޮތުން ސަސްޕެންޑުކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ. ސަބަބެއް ގޮތުގައި މޯލްޑިވިއަން އިން ބުނީ ރެގިއުލޭޓަރީ ރިކުއަޔާމަންޓްތައް ފުރިހަމަ ނުވެ ހުރުމެވެ. އަދި މިކަންކަން ފުރިހަމަ ވީހާ އަވަހަށް އަލުން އެއާޕޯޓުގެ އޮޕަރޭޝަންތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަން މިއަދު ހުއްޓަލާފައި ވަނީ އެ އެއާޕޯޓުގެ ފަޔާ ވެހިކަލްގައި މައްސަލަ ޖެހުމުގެ ސަބަބުންނެވެ.