އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ގާއިމުކޮށްފައިވާ ސައުތު އޭޝިއަން ރީޖަނަލް ޓްރެއިނިން އެންޑް ޓެކްނިކަލް އެސިސްޓެންސް ސެންޓަރު (ސާޓެކް) ގެ ތިންވަނަ ސްޓިއަރިން ކޮމިޓީގެ ބައްދަލުވުން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފަށައިފިއެވެ.
މި ބައްދަލުވުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
އެބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ދެކުނު އޭޝިއާއަށް ދިމާވާވެފައިވާ މާލީ ގޮންޖެހުންތައް ހައްލުކުރުން އަވަސްކުރުމަށް އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި ސާޓެކުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، ސާޓެކްގެ ފަރާތުން ފާއިތުވި ދެއަހަރު ތެރޭ އެމްއެމްއޭއަށް ތަމްރީނާއި ފަންނީ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.
އަދި އެމްއެމްއޭގެ ސްޓްރެޓްޖިކް ޕްލޭން އެކުލަވާލައި ތަންފީޒު ކުރުމުގައި ފަންނީ އެހީތެރިކަން ސާޓެކްގެ ފަރާތުން ލިބިފައިވާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.
ޕެރައިޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ މި ބައްދަލުވުމުގައި އައިއެމްއެފް އަދި ސާކުގެ ގައުމުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.