ދުނިޔެ

އަޔަލެންޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސިނީޑް އޮކޯނޯ އިސްލާމް ވެއްޖެ

މުހައްމަދު އައުޒަމް

އަޔަލެންޑްގެ މަޝްހޫރު ލަވަކިޔުންތެރިއާ ސިނީޑް އޮކޯނޯ އިސްލާމް ވެއްޖެއެވެ.

ނުވަދިހައިގެ އަހަރުތަކުގައި ފިޔަޖަހާލައި މަޝްހޫރު ވެގެންދިޔަ ލަވަކިޔުންތެރިއާ ސިނީޑްގެ އެންމެ ފާހަގަ ކޮށްލެވޭ ލަވައަކީ 1990 ވަނަ އަހަރު ހިޓް ވެގެން ދިޔަ ލަވަ "ނަތިންގ ކޮމްޕެއާރސް ޓު ޔޫ" އެވެ.

ސިނީޑް ވަނީ އިސްލާމް ވުމަށްފަހު އޭނާގެ ނަން ޝުހާދާގެ ނަމަށް ބަދަލު ކޮށްފައެވެ.

ސިނީޑް އޭނާގެ ޓްވިޓާ ޕޯސްޓެއްގައި ބުނެފައިވަނީ މުސްލިމަކަށް ވެވުނީތީ އުފާކުރާ ކަމަށާއި މިއީ ގުދުރަތީ ގޮތުން އޭނާއަށް ލިބުނު ފުރުސަތެއް ކަމަށެވެ.

ސިނީޑް އިސްލާމްވެ ޝަހާދަތް ކިޔަނީ

ސިނީޑް ވަނީ އޭނާއަށް މިކަމުގައި އެއްބާރުލުން ދިން ހުރިހާ މުސްލިމުންނަށް ޝުކުރު އަދާކޮށްފައެވެ.